ތ.ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު މެދުކެނޑިފައިވާ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފި އެވެ.
ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ ރޭ 23:40 ކަންހާއިރުކަމަށް ފެނަކަ ކޯޕަރޭޝަން އިން މަޢުލޫމާތުދެއެވެ.
މި ހާދިސާއަށްފަހު އެ ރަށުން ކަރަންޓްގެ ޚިދުމަތް ކެނޑުމާއި ގުޅިގެން އެކަން ހައްލު ކުރުމަށް ފެނަކައިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫއިން 360 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ފެނަކައިން އެ ރަށަށް ވަނީ ގެންގޮސްފަ އެވެ.
މިރޭ ފެނަކައިން ކުރި ޓުވީޓް އެއްގައި ބުނެފައިވަނީ، ވޭމަންޑޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް 23:40 ގައި އެރަށައް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެވިފައިވާކަމަށެވެ.
ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމައް ޝުކުރު އަދާކުރަން، އަދި ރައްޔިތުން ދެއްކެވި ކެއްތެރިކަމުގެ ނަމޫނާއަކީ ލާމަސީލު މިސާލެއް
ފެނަކަ ކޯޕަރޭޝަން އިން ބުނެފައިވެއެވެ.
Fenaka ge lobuvethi muraali muvazzafun faaithuvi 33 gadi iru therey dhakka dheefa evanee namoona thaureef haggu masaiykatheh. (2/2)
— Fenaka Corporation Ltd (@TeamFenaka) February 25, 2021
އެ އިންޖީނުގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލުމަށް ރަށުގެ ރައްޔިތުން ހަރަކާތްތެރިވެފައިވާއިރު، އެކަން ކާމިޔާބު ކުރެވުނީ 2 ގަޑިއިރެއްހާއިރު ފަހުންނެވެ. އެހެންނަމަވެސް، އޭރު ތިން އިންޖީނުވެސް މުޅިން އަނދައި ރަށުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. އިއްޔެގެ މެންދުރު ވަގުތުގައި ހިނގި މި ހާދިސާގައި ވޭމަންޑޫއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ބޭނުން ކުރަމުންއައި ތިން އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.
ފެނަކައިން ދަނީ ވޭމަންޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
Th. Veymandoo engine geygai iyye hingaidhiya alifaanuge haadhisaa ah fahu, erashun mendhukendifaivaa karantuge hidhumaiy alun foarukohdhinumuge emme fahuge thayyaareethah kuriyah dhanee. #TeamFenaka pic.twitter.com/wgGB6ObLc3
— Fenaka Corporation Ltd (@TeamFenaka) February 25, 2021
މިމައްސަލަ ހައްލު ކުރުމައްޓަކައި ކުރިއަށް ގެނދިޔަ މަސައްކަތުގައި ފެނަކަ އެމްޑީ ސައީދު ވަނީ އަމަލީގޮތުން ބައިވެރިވެލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!