ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ.

މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

Ad
rt

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ.

އަންދާސީ ހިސާބު ހުށަހަޅަން ދާން ޖެހެނީ ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ.

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީއިން ޢިއުލާން ކުރިއިރު ކެލާއަކީ ހުނަރުވެރި ފުޓްބޯޅަކުޅޭ ޒުވާނުންތަކެއް ތިބި ރަށެކެވެ.