ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ކޮށް މަރާމާތު ކުރުމަށް ފެނަކައާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެެވެ. ފެނަކައިގެފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

Ad
rt

މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން މި މަޝްރޫއު ފެނަކައާ ހަވާލު ކުރީ 43,271,758.2 (ސާޅީސްތިން މިލިއަން ދެލައްކަ ހަތްދިހައެއްހާސް ހަތްސަތޭކަ ފަންސާސްއަށް ރުފިޔާ ވިހި ލާރި) އަށެވެ.

މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.