ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.
އެ މީހާއަކީ މާލެއިން އެރަށަށް ގޮސް، 11 ފެބްރުއަރީ 2021 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 9 މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ.
އެމީހާ ޕޮޒިޓިވް ވުމުން އެމީހާ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެ ސިއްޙީ މަރުކަޒުން ބުނެއެވެ.
އެމީހާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ނިންމާ ނެގުނު ރިލީޒް ސާމްޕަލުން ނެވެ.
ފޭދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނުމުން ''ތިލަދުން''އިން ކުރި ސުވާލެއްގެ ޖަވާބުގައި އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ވިދާޅުވީ އެރަށުން ޕޮޒިޓިވްވީ އެރަށު އަންހެނެއް ކަމަށާއި، އޭނާ އާއިއެކު އެއްގޭގައި އޭނާގެ ދަރިއެއް ވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށެވެ.
'' ދެމައިން ތެރެއިން މަންމަ ޕޮޒިޓިވްވީ، ހޯމް ކަރަންޓީނުގައި އެމީހުން ތިބުމުން އިތުރު މީހަކާ ބައްދަލުވެފައެއް ނެތް، އިރާދަ ކުރެއްވިއްޔާ އެމީހުންގެ ހާލު ރަނގަޅު''
ސާމިރު ވިދާޅުވިއެވެ.
ފޭދޫން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ވެސް ޕޮޒިޓިވް ކޭހެއް ފެނިފަ އެވެ. އެފަހަރު ޕޮޒިޓިވްވީ ބިދޭސީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!