ފެނަކަ ކޯޕްރޭޝަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް “ފުނަރު” ގައި ބައިވެެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން
ފޯރުކޮށްދޭ 03 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި
ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ހިންގާ ޕްރޮގްރާމެކެވެ.
ފެނަކައިން ބުނީ މި ޕްރޮގްރާމުގެ ދަށުން އިންޖިން ރިޕެއާ އެންޑް މެއިންޓެނަންސްގައި ބައިވެރިވާ މީހުންނަށް ޑީސަލް އިންޖީނުގެ ބައިތަކާއި ޑީސަލް ޖަނަރޭޓާގެމެއިންޓެނެންސްގެ މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފެނަކައިގެ ވެބްސައިޓުން ފޯމުޑައުންލޯޑު ކުރެވޭނެއެެވެ.
ފުނަރު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 3،000 ރުފިޔާގެ އެލެވެންސެއް ދިނުމަށް ވަނީހަމަޖެހިފައެވެ.
3300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތް ކުރައްވަމުންދާ ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދެވުމަށް "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި ރަޖިސްޓްރީ ކުރީ މިދަޔަ2020 ވަނަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!