ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ސ. ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުގައި ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން އެސަރަހަށްދަށް ގޮސް އެބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ބޯޓްގެ މައުލޫމާތު ސިފައިންނަށް ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ރަސްކުރި" ނަމަކަށް ކިޔާ ދޯނީގައި ތިބި މަސްވެރިން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓާއިގުޅޭ މަޢުލޫމާތު އެއްކުރަށްވަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!