ހއ. ދިއްދޫ މޮނީޓަރިންއަށް ލައިފި އެވެ.
ދިއްދޫ މޮނީޓަރިންއަށް ލާފައިވަނީ އެއަތޮޅުގެ އެހެންރަށަކުން ޕޮޒިޓިވްކޭސް އަކާއި ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ބެލުމަށް ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިއްދޫ ކައުންސިލްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްކަމުގައި ބުނެފައި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ނިންމާފައިވާކަމަށެވެ.
މިލިއުމިގައި އިތުރަށް ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑު-19) އިން ރައްކާތެރިކުރުމަށް "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012)" ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، މަތީގައި ބަޔާންކޮށްފައިވާ ރަށަކީ، މި ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާކަމަށެވެ.
https://thiladhun.wonstasite.com/52392
މޮނިޓަރކުރުމާ ގުޅިގެން އެއެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދަންނަވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!