ވެލާ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފި އެވެ.

ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި މިމަހު އެރިސޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރުވަނީ ދީފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 15.42 ގެ ރޭޓުން ފަސްދޮޅަސް ދެ ހާސް އަށްސަތޭކަ ނުވަދިހަ އަށް ރުފިޔާ / އަށާރަ ލާރި އެވެ. މިވަގުތު ކަޅުބާޒާރުގައި ޑޮލަރު ލިބެންހުރީ 18.90 ގެ ރޭޓުގައެވެ. އެއީ 77,094.99 (ހަތްދިހަ ހަތް ހާސް ނުވަދިހަ ހަތަރު ރުފިޔާ / ނުވަދިހަ ނުވަ ލާރި) އެވެ.

Ad
rt

ވެލާގެ އިތުރުން ބޮޑު ސާވިސްޗާޖެއް ދީފައިވަނީ އިތާފުށިންނެވެ. އެރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502ރ.) ދޭންވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ގިނަ ރިސޯޓުތަކުން ވެސް މި މަހު ސާވިސް ޗާޖު ދޭ އަދަދު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، ވަން އެންޑް އޮންލީ ރީތިރަށުން 3،007 ޑޮލަރު (46،367ރ.) ދީފައިވާއިރު އަނަންތަރާ ކިހާވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު (32،342ރ.) ދޭން ވަނީ ނިންމާފަ އެވެ.

ޖެނުއަރީ މަހަކީ ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި ބޮޑެތި އަދަދުތަކުން ސާވިސްޗާޖު ދެމުން އަންނަ މަހެކެވެ. މިމަހުގެ ސާވިސްޗާޖު އާންމުކޮން ކްރިސްމަސް އާއި އާ އަހަރާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ވެލާ ރިސޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 3006.26 ޑޮލަރު (46،356.53 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދީފި އެވެ.