ހޯރަފުށީ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާކުރާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެބަނދަރުގެ ފަޅުތެރޭގެ ފެންގަނޑު ގަރަބުވެ ރަށުތެރެއަށާއި އެސަރަޙައްދުގައި ހުރި މުއައްސަސާތަކާއި މީހުން ދިރިއުޅޭ ގެތަކަށާއި އިޙްލާސް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންއަންނަކަމަށެވެ.
މިކަމަކީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގައިވެސް މަނާކޮށްފައިވާ ކަމަކަށްވާއިރު އަދި މީގެ ކުރިންވެސް އެކައުންސިލުން މިކަން ނުކުރަން ތަކުރާރުކޮށް އަނގަބަހުންނާއި ސިޓީގެ ޛަރިއްޔާއިން އަންގާ އަދި
އިޢުލާންވެސްކޮށްފައިވާ ކަމެއްކަމަށް އެޢިއުލާންގައި ބުނެފައިވެއެވެ.
މިކަން ތަކުރާރު ކުރާ ފަރާތްތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ
ކުރެވޭނެކަން އަންގާ އިޢުލާންކުރީމެވެ.
އެކައުންސިލުން ބުނެފައިވެއެވެ.
ހޯރަފުށީގެ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅަމުންދާ ފަރާތްތަކުން އެކަން ނުކުރުމަށް އެކައުންސިލުންވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!