މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި، ފަރުމާތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ބުނީ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

Ad
rt

މިގޮތުން ދިވެހިރާއްޖޭގައި ވެސް މި ފަދަ ނިޝާނެއް ހެދުމަށް އެ އޮތޯރިޓީން ނިންމައިފައިވާތީ، މި ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލާކަމަށް އެ އިދާރާއިން ބުންޏެވެ.

ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރަން ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް މަރުކަޒީ ބޭނުންކުން ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ހުށަހަޅާކުރެހުން ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.