ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ޓުވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ.
ކޭއާރުއެޗްގެ ޓުވީޓާ އެކައުންޓް ވެރިފައިވެފައި ވެފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ ރޭގެ ވަގުތެއްގައި އެވެ. އަދި އެ ހޮސްޕިޓަލުން ވަނީ އެ މަސައްކަތް ކޮށްދެއްވި އެ ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ ޓީމުގެ މަސައްކަތް ފާހަގަކޮށް އެ ޓީމަށާއި، އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަދާ ކޮށްފައެވެ.
ޓުވިޓާ ވެރިފިކޭޝަނަކީ ޓުވިޓާ އެކައުންޓަކީ ސައްހަ، އެމީހަކަށް ނުވަތަ އެ ތަނެއްގެ ކޮންޓްރޯލް ލިބިގެންވާ އެކައުންޓެއްކަން އަންގައިދޭ އައިކަންއެކެވެ.
ކޭއާރުއެޗްގެ ޓުވިޓާ އެކައުންޓް ވެރިފައިވެފައިވާއިރު، އެ ހޮސްޕިޓަލަކީ ސަރަހައްދީ ހޮސްޕިޓަލަކުން އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލްގެ އިތުރުން އުތުރުގެ މައި ހޮސްޕިޓަލް ވެސް މެއެވެ.
މިދިޔަ 2020 ވަނަ އަހަރު ވެސް ކޭއާރުއެޗްއިން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ވަނީ ހިދުމަތް ހޯދާފައެވެ. އަދި 23 ޤައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ވެސް އެ ހޮސްޕިޓަލުން މިދިޔަ އަހަރު ހިދުމަތް ހޯދާފައިވެއެވެ.
އެ ހޮސްޕިޓަލްގައި ގިނަ ބަލިތަކަކަށް ޚާއްޞަ ޑަކްޓަރުން ތިއްބަވާއިރު، މިދިޔަ އަހަރު އެ ހޮސްޕިޓަލުން ވަނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ވެސްކޮށް، ހިދުމަތުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ. އަދި ކޯވިޑްގެ ސަބަބުން މާލެއަށް ދަތުރުކުރަން ކުރިމަތިވި ދަތިތަކުގެ ސަބަބުން މާލެއިން އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!