ފެނަކައިގެ ފަރާތުން ށ. ބިލެއްފަހީގައި ގާއިމުކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ފެނަކައިން މިކަން ހާމަކުރެއްވީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުން މިއަދުއެވެ.
މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއްފަހި އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ވަނީ ކުރެވިފަ. #ޓީމްފެނަކަ pic.twitter.com/jQaCtcRLwC
— Fenaka Corporation Ltd (@TeamFenaka) January 19, 2021
ފެނަކައިން މިގޮތުން އެންމެ ފަހުން ހާމަކުރެއްވި މަޢުލޫމާތު ތަކަށް ބަލާއިރު، ށ. ފުނަދޫގެ އަލައް އާބާދުވި ގެތަކާއި، ބަހާފައިވާ ގެތަކާއި އަދި ދޫކޮށް ފައިވާ ގެވަޅުތަކަށް ނަރުދަމާ ހޮޅި އެޅުމާ ކެޗްޕިިޓް ލައިދީ, މައި ލައިނާ ގުޅައިދީ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ މިއަދު ބުނެފައެވެ. މީގެ އިތުރުން ހދ. ކުރިނބީގައި އަލަށް އާބާދުވާ ސަރަހައްދައް ކަރަންޓް ލުމަށް ބޭނުންވާ ކޭބަލްގެ 500 މީޓަރ ކޭބަލް ޖެނުއަރީ 17 ވަނަ ދުވަހު އެރަށަށް ގެންދެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހއ. ބާރަށުުގައި ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތަށް ބޭނުންވާ ކޭބަލް 16 ޖެނުއަރީ ވަނަ ދުވަހު އެރަށް ގެންދެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ހދ. ފިނޭ އާ އިންޖީނުގޭގެ މަސައްކަތް އެ ކުންފުނިން ޖެނުއަރީ 11 ވަނަ ދުވަހު ނިންމާލާފައިވާއިރު، ހދ. ވައިކަރަދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ 35 އިންސައްތަ، ހއ. އުލިގަމުގައި އެކުންފުނިން އިމާރާތްކުރާ އާ އިންޖީނުގޭގެ 70 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ހއ. އުތީމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ 79 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ހދ. ކުރިނބީގައި އަލައްއާބާދުވާ ސަރަހައްދައް ކަރަންޓް ލުމަށް ބޭނުންވާ ކޭބަލްގެ 500މީޓަރ ކޭބަލް މިއަދު ވަނީ ކުރިނބީއަށް ގެނެވިފައި #ޓީމްފެނަކަ pic.twitter.com/lBgoyG2B4x
— HDh. Kurinbi Fenaka (@KurinbiFNK) January 17, 2021
ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!