މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، އަދިވެސް މީސް މީޑިޔާގައި އެންމެ މަޤުބޫލު ތަރި ކަން އޭނާގެ ފަހަތުގައި ތިބި ސަޕޯޓަރުންގެ ތަރުހީބުން ހާމަކޮށްދީފިއެވެ.

35 އަހަރުގެ ރޮނާލްޑޯ އަކީ މި ވަގުތު އިޓަލީ ލީގުގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާގެ ފޭސްބުކްގައި 124 މިލިޔަން މީހުން އޭނާ ފޮލޯ ކުރަމުން އަންނަ އިރު، ޓްވިޓަރ ގައި 90 މިލިޔަން އަދި އިންސްޓަރގްރާމްގައި 251 މިލިޔަން މީހުން އޭނާގެ ސަޕޯޓަރުންގެ ގޮތުގައި އެބަތިއްބެވެ.

Ad
rt

އިންސްޓަރގްރާމްގެ އަމިއްލަ 'އިންސްޓަރގްރާމް' އެކައުންޓްގައި 382 މިލިޔަން ފޮލޯވަރުން ތިބިއިރު، ރޮނާލްޑޯއަކީ މި ލިސްޓުގެ ދެވަނައެވެ. އޭނާ މި ލިސްޓުގެ މިހާ މަތިން ޖާގަ ހޯދާފައިވަނީ، ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭ އަދި ފިޓްނެސް ރަސްގެފާނު ޑްވޭން 'ދަ ރޮކް' ޖޯންސަންއަށް ވުރެވެސް ކުރި ހޯދައިގެންނެވެ.

މުޅި މީސްމީޑިޔާއަށް ބަލާއިރު، ރޮނާލްޑޯގެ ފަހަތުގައި 465 މިލިޔަން ފޮލޯވަރުން އެބަތިއްބެވެ.

އޭނާއާއި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ވާދަކުރަމުން އަންނަ ލިޔޮނެލް މެސީގެ 265 މިލިޔަން ފޮލޯވަރުން ތިބި އިރު، އެއީ ފޭސްބުކް އިން 90 މިލިޔަން، އިންސްޓަރގްރާމް އިން 175 މިލިޔަން މީހުންނެވެ. މިއީ މުޅި ދުނިޔޭގެ ރޭންކިންގއަށް ބަލާއިރު 8 ވަނަ އެވެ.

މި ފަރަޤު އިތުރަށް ކުޑަ ވާނެ ކަމަށް ގިނަ ބަޔަކު ދެކެނީ މެސީގެ ޓްވިޓަރ އެކައުންޓްއެއް ހުރި ނަމައެވެ. މެސީގެ ކައިރިން އެންމެ ގަދައަށް ވިއްދާފައި އޮތް ފުޓުބޯޅަ ކުޅުން ތެރިއަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީގެ ކުރީގެ ޓީމްމޭޓް ނޭމާއެވެ.

މިވަގުތު ދުނިޔޭގައި ގިނަ ޢަދަދެއްގެ މީސް މީޑިޔާގެ ވަޞީލަތްތަށް ހުރި އިރު، މަޝްހޫރު ގިނަ މީހުން އަންނަނީ މި ވަޞީލަތްތަކުގައި ހަރަކާތްތެރިވަމުންނެވެ. މި ގޮތުން، އެއް ބަޔަކު އެ ބަޔެއްގެ ރޮނގުން ގިނަ މެސެޖުތަކެއް ޢާންމުނަށް ފޯރުކޮށްދެމުންދާއިރު، އަނެއް ބަޔަކު މި ވަޞީލަތްތަށް ބޭނުން ކުރަނީ އެ ބަޔެއްގެ ޢާންމު ދިރިއުޅުން އެހެނިހެން މީހުންނާއި ހިއްސާކުރުމަށެވެ.

މީސް މީޑިޔާގެ ވަޞީލަތްތަަކީ ވިޔަފާރީގެ ރޮނގުން މަޝްހޫރު ތަރިން ބޭނުން ކޮށްގެން 'ޕެއިޑް ޕާރޓްނާޝިޕް' ގެ ދަށުން މާރކެޓިން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑް ތަކުން ބޭނުން ކުރަމުން އަންނަ ވަޞީލަތެއްވެސްމެއެވެ.