ފެނަކައިގެ ފަރާތުން ހދ. ފިނޭގައި އިމާރާތްކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ފެނަކައިން މިކަން ހާމަކުރީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުންނެވެ.
މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހދ. ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ފެނަކައިން މިގޮތުން އެންމެ ފަހުން ހާމަކުރެއްވި މަޢުލޫމާތު ތަކަށް ބަލާއިރު، ހއ. އުލިގަމުގައި އެކުންފުނިން އިމާރާތްކުރާ އާ އިންޖީނުގޭގެ 70 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ހއ. އުތީމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ 79 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ހދ. ފިނޭ ޒަމާންވީ އިންޖީނުގެ. (2/2) pic.twitter.com/Grx691thLu
— Fenaka Corporation Ltd (@TeamFenaka) January 11, 2021
ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!