ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް، ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭވަރުކުރުމަކީ ޓާގެޓެއްކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީއަށް ދެމުން ގެންދާ ކުނި އުކާލުމުގެ ވަގުތައް ބަދަލު ގެނައުމަށް އިއްޔެ ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން ކަމަށެވެ.
"ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،"
އާދަމް މުހައްމަދު ވިދާޅުވި އެވެ.
މީގެއިތުރުން އެކުންފުނިން ނެރުނު ދެންނެވުމެއްގައި ވެސް ވަނީ އެ ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
މިގޮތުން ވެމްކޯއިން ބުނީ، ކޯވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއުގެ ވަގުތަށް ގެނެވުނު ބަދަލަށް ރިޢާޔަށްކުރުމަށްފަހު، މާލެ ސިޓީ ކައުންސިލްގެ އިސްނެގުމަކަށް އެ ކޯޕަރޭޝަންއިން މާލޭ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޙިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.
" By changing our collection hours to midnight, we expect to have an even more efficient system of collection and cleaning as our teams will be working simultaneously. Moreover, streets will be clear of any signs of waste during the daytime" - MD @AdamMhmd_ pic.twitter.com/CpWLIZj4gX
— Waste Management Corporation Limited (WAMCO) (@WAMCOmv) December 24, 2020
މިގެނެވުނު ބަދަލާއި ގުޅިގެން ކަސްޓަމަރުން ސަމާލުކަމަށް ވެމްކޯއިން އެދިފައިވާ ކަންކަން:
- މި އައު އުސޫލަށް އަމަލުކުރަން ވާނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން، މާލެ ސިޓީގެ ގެބީސީތައް އެކަންޏެވެ.
- ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިންނެވެ.
- އަދި މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!