ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމުގައި ދިވެހިރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސްއިން ބުނެފިއެވެ.

މިއަދު 11:30 ގައި އެ އިދާރާއިން އާންމުކޮށްފައިވާ މޫސުމާއި ބެހޭ ޚަބަރުގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެރި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

Ad
rt

އަދި މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް ޢާންމުމުއި ގޮތެއްގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވެލެއްވުމަށާއި އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑު ވެދާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކައުތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އެ އޮފީހުންވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު ހެނދުނު އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އަދި އެ ހުދު ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކުރަށްވާފައި އެވެ. އެ ސަމާލުގެ ވަގުތު ހަމަވާނީ މިއަދު ހަވީރު 16:00 އަށެވެ.