ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށްފަހު މިއަދު އަލުން ޚިދުމަތްދޭން ފަށައިފިއެވެ.
މިގޮތުން އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައި، އެމަރުކަޒު ބަންދުކުރީ 2020 މާރިޗް 19 ވަނަ ދުވަހުއެވެ.
އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފެށުމާއި ގުޅޭގޮތުން ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ.
މިގޮތުން ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ. އެ މަރުކަޒުން ޚިދުމަތްދޭ ދުވަސް ތަކުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭނެ ކަމަށް ވެސް އެ މަރުކަޒުން ވަނީ ހާމަ ކޮށްފައެވެ.
މީގެއިތުރުން ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ގަނޑުވަރަށް ވަދެވޭނީ އެ މަރުކަޒުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ނަންނޯޓް ކޮށްގެން ކަމަށް ވެސް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުންޏެވެ.
އެ މަރުކަޒުގެ ޚިދުމަތް މިއަދު އަލުން ފެށީ އާ ޢާންމު ޙާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާ މެހްމާނުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި އެކުގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށްފަހު އަލުން ޚިދުމަތްދޭން މިއަދު ފެށިއްޖެ pic.twitter.com/oxh1EfUIaV
— Boduthakurufaanuge Handhaanee Marukazu (@BMC_MV) December 13, 2020
މިގޮތުން ކަނޑައަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ގަނޑުވަރު ބަލަން ވަނުމަށް ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓް ކަމަށް ހަމަޖައްސާފައިވާއިރު، އިތުރު ފުރުޞަތު ދެވޭނީ ވަގުތު އޮތްވަރަކަށް ބަލައިފައި ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނީ ދިވެހިންނަށް ކަމަށް ކަނޑައަޅާފައިވާއިރު، ބިދޭސީންގެ ތެރެއިން މިފުރުޞަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި، ވާކް ޕާރމިޓް އޮތް ބިދޭސީންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަންވެސް ވަނީ އެ އުސޫލުގައި ހިމަނާފައެވެ.
އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެނ ގަނޑުވަރު ދެކިލުމަށް ދަތުރުކުރާ ތަނެކެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި އަދި ޢީދު ބަންދުފަދަ ބަންދުތަކުގައި އެ މަޒުކަޒު ބަލަން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!