ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އެ އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީބޯޅަ މުބާރާތް " އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަންކަން ގަބީލާ ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު 11 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެންވީކޭ އާއި ޓީމް ގަބީލާއެވެ. ފައިނަލް މެޗު ސީދާ ތިންސެޓުން ގަބީލާ ޓީމުން ކާމިޔާބު ކޮށް މުބާރާތުގެ ތަށި ވަނީ އުފުލާލާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަބީލާ ޓީމުގެ ޖޯޒީ ނަމްބަރު 02 މަރިޔަމް އަޒީފާއެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަޒީފާ، ފޮޓޯ: ޕޯލްސްޓަރ
ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީގެ އިތުރުން ހަނދާނީލިޔުން ވަނީ ހަވާލު ކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:
- އައިޝަތު ރިޝްފާ / ޓީމް ގަބީލާ
- މަރިޔަމް އަޒީފާ / ޓީމް ގަބީލާ
- ހައްވާ ރާޝިދާ / އެންވީކޭ
- އައިމިނަތު އަރީޝާ / ގަބީލާ
- އައިމިނަތު ޝަހާ ޝާމިން / އެންވީކޭ
- ފާތިމަތު ޠަހޫރާ / ޓީމް ގަބީލާ
ފެއާޕްލޭ ޓީމް: ޓީމް ނިކަ
މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިން، ފޮޓޯ: ކްލަބް ޕޯލްސްޓަރ
މި މުބާރާޓުގެ ޗެމްޕިއަން ކަން ހޯދި ގަބީލާ ޓީމަށް 17000 (ސަތާހަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް ހޯދީ އެމްވީކޭ ޓީމަށް ވަނީ 7000 (ހަތް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.
ފައިނަލް މެޗުގެ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދެވެ.
ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!