މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ހއ. އިހަވަންދޫގައި މަސްރޭހެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މުބާރާތުގެ މަޤުސަދަކީ އިހަވަންދޫ އަކީ، ފަޚުރުވެރި މަސްވެރި އާއިލާއެއް އޮތް ރަށަކަށްވެފައި، މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އާއި ގުޅިގެންބޭއްވޭ މުބާރާތެއްކަމަށެވެ.

Ad
rt

މި މުބާރާތް ހުޅުވާލެވިފައިވަނީ ޢާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ބައިވެރި ވެވޭގޮތަށެވެ. މުވައްސަސާތަކައި، ކުލަބު ޖަމިއްޔާ އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި، ވިޔަފާރިތަކާއި ރަށުގައި އުފެދިފައިވާ ޓީމްތަކުގެ ނަމުގައިވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އެކައުންސިލުން ބުނެއެވެ.

މިމަސްރޭހުގައި 1 ވަނަ ޓީމް، 2 ވަނަ ޓީމް، 3 ވަނަ ޓީމް، އެންމެ ގިނަ މަސް ބާނާ މީހާ އަދި އެންމެ ބަރު މަސް ބާނާ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. 10 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ހަވީރު 16:00 ން 21:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިމުބާރާތުގެ މަސްކިރުމުގެ ކަންތައް ކުރިއަށްގެންދާނީ އިހަވަންދޫ އޮޕަންސްޓޭޖު ކުރިމަތީގައި ތައްޔާރުކުރެވިފައިވާ މާލަމްގައިކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

Council adhi Ihavandhoo Masveringe Gulhun IMAGU gulhigen kuriah gendhihumah hamajehifaivaa MASREYS 2020

Gavaaidhu: https://drive.google.com/file/d/1X6R3dgNeJ9A2J8b6yr99VAQjA3CQTTQi/view?usp=sharing

Posted by Secretariat of Ihavandhoo Council on Sunday, December 6, 2020

މި މަސްރޭހުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖުގައިވަނީ އާންމުކޮށްފަ އެވެ.