އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

73664B95-BBD7-4FB2-BBD4-102D18B9EBB5

ހދ. ވައިކަރަދޫއަށް އުފަން އާދަމް ވަހީދު (އެޑަމް) ގެ ބޭސިކް ވެބް ޑިވެލޮޕްމެންޓް އެންޑް ވެބް ޑިޒައިނިން ކުރުމުގެ އޮންލައިން ކޯހުގެ ބައިވެރިވެ، ވެބް ޑިވެލޮޕްމެންޓް، ވެބް ޑިޒައިން އަދި ވެބް ސޮފްޓްވެއާ ހެދުމުގެ ހުނަރު ދަސްކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ.

ކާމިޔާބު ކަމާއިއެކު ދެ ބެޗަށް މި ކޯސް ފުރިހަމަކޮށްދިނުމަށްފަހު ތިންވަނަ ބެޗްގެ ކޯސް ފެށުމަށް މިހާރު އެޑަމްދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ކޯހުގެ ތިންވަނަ ބެޗް 05 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ކޯހުގައި ކިޔަވައި ދިނުމުގެ ގޮތުން ޖުމްލަ ގޮތެއްގައި ހަރަކާތްތެރިވާނީ އެޑަމްއެވެ. ނަމަވެސް ބައެއް ސެޝަންތަކަށް އެ ސެޝަންތަކަށް ހާއްސަ ލެކްޗަރާއިން ބައިވެރިވާނެއެވެ.

އެޑަމް އިސްނެގުމުގެ މަތިން އޮންލައިންކޮށް ހިންގަމުން އަންނަ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް މިހާރު ވަނީ ހުރިހާ އުމުރު ފުރާއަކަށްވެސް ހުޅުވާލާފައެވެ. ހުރިހާ އުމުރުފުރާތަކަށް ހުޅުވާލަން ނިންމި ސަބަބު ހާމަކުރަމުން އެޑަމް ބުނެފައިވަނީ މި ކޯސް ފުރަތަމަ ފަށައިގަތްއިރު ބޮޑަށް ޓާގެޓްކުރީ އުމުރުން ހަގު ކުދިންނަށް ކަމަށެވެ. ނަމަވެސް އެ ކޯހުގައި 30 އަހަރުން މަތީގެ ބައިވެރިންވެސް ބައިވެރިވިކަމަށާއި އަދި އެ ފަރާތްތަކުގެ ނަތީޖާތައްވެސް ވަރަށް ރަނގަޅު ކަމަށެވެ. މިހެންވުމުގެ ސަބަބުން މިހާރު މިކަން ދަސްކޮށްދިނުމަށް ވަކި އުމުރުފުރާއެއް ނުގެންގުޅޭ ކަމުގައި އެޑަމް ބުނެފައިވެއެވެ.

މި ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ފަސް ދުވަހުއެވެ. ކޮންމެ ދުވަހެއްގެ ސެޝަންވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 22:00 އަށެވެ. ކުލާހުގައި ކިޔަވައިދޭ ވަގުތު ވަކި މިންވަރެއް ކަނޑައެޅިފައިވީ ނަމަވެސް ކުލާހުގެ ބައިވެރިންގެ ޝަޢުޤުވެރިކަން ހުންނަ މިންވަރަކުން ވަގުތު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަ ކުރަމުން އެޑަމް ބުނެފައިވަނީ ދަރިވަރުންގެ ޝަޢުގުވެރިކަން ބޮޑުވުމުގެ ސަބަބުން ބައެއް ސެޝަންތައް ދަންވަރު ބާރަ ޖެހުމާއި ހަމައަށްވެސް ދިގުދެމިގެންދާ ކަމަށެވެ.

ދެމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގެ ހުރިހާ ސެޝަންތަކަށް ހާޟިރުވެ ހަވާލުކުރެވޭ ހޯމްވޯކްތައް ބަރާބަރަށް ނިންމާނަމަ ދެމަސް ދުވަހުގެ ތެރޭގައި ވެބްސައިޓް ހަދަން ދަސްވުމުގެ އިތުރުން، ވެބް ސޮފްޓްވެއާހަދައި އަދި ލިނަކްސް ސާވާ ޓްރަބަލްސޫޓް ކުރުންފަދަ އެތައް ކަމެއް ދަސްވެގެން ދާނެކަމަށެވެ.

މި ކޯހުގެ އެންމެ ސަޅި ތަންކޮޅެއްގެ ގޮތުގައި ފާހަގަ ވެގެންދަނީ ކޯހުގައި ބައިވެރިވާ ދަރިވަރަކަށް ދެ މަސްދުވަހުން އެ ދަރިވަރަކަށް ހިތްހަމަ ޖެހޭވަރަށް ދަސްނުވާނަމަ ކުރިއަށް އޮންނަ ކޯހުގައި ހިލޭ ފުރުޞަތު ލިބިގެން ދިޔުމެވެ.

ދަރިވަރުންގެ ހިތްވަރެއް ހުރިނަމަ ކިތަންމެ ދުވަހަކު މަސައްކަތް ކޮށްދޭންވެސް ތައްޔާރު

މިނޫހަށް މަޢުލޫމާތުދެމުން އެޑަމް ބުނެފައި ވެއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން Learn Code with Adam ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށް މި ކޯހުގައި ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމުން މި ކޯހުގައި ބައިވެރި ވެވޭނެއެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގޫގުލް މީޓްސް މެދުވެރިކޮށެވެ. ކޯހުގެ ފީއަކީ މަހަކަށް 800 ރުފިޔާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި