ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއި އެކު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ''އިންޓަރނޭޝަނަލް ޑޭ އޮފް ސޮލިޑާޓްރީ ވިތް ފަލަޞްޠީން'' ފާހަގަ ކުރުމުގެ ގޮތުން ކުރެއްވެވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުން ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއިއެކު ތެދުވެ ކަމަށާއި، އެ ޤައުމުގެ ކަރާމަތާއި ރައްކާތެރިކަން އަދި ޤައުމިއްޔަތު ދިފާޢު ކުރުމަށްވެސް ދިވެހި ރައްޔިތުން މި ތިބީ ފަލަޞްޠީނުގެ ރައްޔިތުންނާއި އެކުކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ސޮލިޑާރޓްރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވެވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަރާތުން ދުނިޔެއަށް ގޮވާލާ ގޮވާލުމެއްގެ ގޮތުގައި ފަލަޞްޠީނުގެ ރައްޔިތުންގެ ޤައުމު ހިމާޔަތް ކުރުމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް އެ ޤައުމުން ހައްޤުވާ މިންވަރު ލިބުމަށްވެސް ގޮވާލާކަމަށެވެ.

އިސްލާމީ ގިނަ ޤައުމުތަކަކުންވެސް ވަނީ މީގެ ކުރިން ފަލަޞްޠީނު ރައްޔިތުންގެ ހައްޤުގައި ބަސްބުނެ، އެ ޤައުމުގެ ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ގޮވާލާފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހަކީ އިންޓަރނޭޝަނަލް ޑޭ އޮފް ސޮލިޑާޓްރީ ވިތް ފަލަޞްޠީންއެވެ. އަދި މިއީ 1977 ވަނަ އަހަރު ޔޫއެންގެ ޖެނެރަލް އެސެންބްލީއިން ނިންމާފައިވާ ނިންމުމެކެވެ.