ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގައި ކުޑަކަމުދާ ނިޒާމުގެ (ޔޫރޮލޮޖިސްޓް) ހާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ތަޢާރަފްކޮށް އެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ސްޕަރސްޕެޝަލިސްޓުގެ ޚިދުމަތް 22 ނޮވެމްބަރ 2020 ގައި އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފައިވާއިރު، މި ފަރުވާ ދެއްވަނީ އެކަމުގެ ސްޕެޝަލިސްޓެއްކަމަށްވާ ޑ.މުޙައްމަދު އެލްޝަތު ހުސެނި އިސްމާއިލްއެވެ.

Ad
rt

މިކަމާއި ގުޅިގެން ކޭއާރުއެޗުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މުޅީން އަލަށް ޔޫރޮލޮޖިސްޓް ( ކުޑަކަމުދާ ނިޒާމުގެ ޙާއްޞަ ޑޮކްޓަރ ) ޚިދުމަތް ދޭންފަށާފައިވާ ކަމަށެވެ. އަދި މިއާއި އެކު މިސަރަހައްދުގެ ރައްޔިތުން އެޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި ދެކިލައްވާކަމުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެޕޮއިންޓްމެންޓް ހެދުމަށް ކޮންމެ ދުވަހެއްގެ ވެސް 16:00 އިން ފަތިހު 6:00 އަށް، 6528864 ނަމްބަރު ފޯނާ ގުޅުމަށާއި އަދި 7887799 ނަމްބަރަށް އެސްއެމްއެސް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދިލައްވާފައިވެއެވެ.

ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރު ކޮންމެ ދުވަހަކު ވެސް 15 ބަލި މީހުން ބައްލަވާގޮތަށް ވަނީ ހަމަޖެހިފައެވެ.