ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

Ad
rt

އެ މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އޭނާ ނިޔާވެފައިވަނީ މެންދުރުފަހު 14:09 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައިވެ އެވެ.

ކޯވިޑް-19 ބަލީގައި ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން، ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް އަރާފައެވެ.

މީގެ ތެރޭގައި ހިމެނެނީ 38 ދިވެއްސަކާއި 8 ބިދޭސީއެކެވެ. ރާއްޖޭގައި ފަހަކަށް އައިސް މި ބަލި ޖެހިގެން ނިޔާވެފައި ވަނީ ދިވެހިންނެވެ.

ކޯވިޑް ބަލީގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.