ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި އެއަރޕޯޓު ހުޅުވުމަށްޓަކައި މިއަދު ނަހުލާގެ އުފަން ރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ހޯރަފުއްޓާއި އަދި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައިސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ.
ބޮޑު ތިލަދުންމައްޗައް މި ލިބުނު ތަރައްގީގެ މަންފާ ރައްޔިތުންނަށް ލިބި، ސަރަހައްދުގައި ސިނާއީ މަސައްކަތްތަށް ފެށުމަށް އެޅުނު ފާލަން
މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.
އަދި ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީގައި ހުޅުވިގެންދިޔަ އެއަރޕޯޓު ވެގެންދާއިރު، މި ކަންކަން ތަންފީޒުކޮށްދެއްވާ، ފުރިހަމަ އެއަރޕޯޓެއްގެ ގޮތުގައި އެއަރޕޯޓު ހުޅުވާދެއްވީތީ ނަހުލާ ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއުއެއް ނިންމާ ސަރުކާރެއް ކަމަށެވެ. މި ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއުއެއް ނިންމާ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރު ދެމި ތިބޭނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދާދޭ ބައެއްގެ ގޮތުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!