ހއ. ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ލާމަރުކަޒުކުރަން ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި އެއާޕޯޓާއެކު ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާނެ ކަމަށެވެ.
އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން އެދުނު ކޮންމެ ކަމެއްގައި، ހޯރަފުށީގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިޔަ، އެކަންކަމަށް ބަލާއިރު، އެއީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްގީކުރި އެއާޕޯޓެއް
މި ސަރުކާރުން ފުރަތަމަ ހުޅުވި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އެއާޕޯޓަކީ މި ސަރަހައްދުގެ ޓޫރިޒަމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއްކަމަށާއި މި އެއާޕޯޓާއެކު ރަށު ފަތުރުވެރިކަން ފަށަންވީ ވަގުތު މިވަނީ ޖެހިފައި ކަމަށެވެ.
"މި އެއާޕޯޓަކީ މި ސަރަހައްދުގެ ޓޫރިޒަމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. މި އެއާޕޯޓާއެކު ރަށު ފަތުރުވެރިކަން ފަށަންވީ ވަގުތު މިވަނީ ޖެހިފައި،"
ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ހޯރަފުށީގައި ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރާނެ ބިންތަކެއް މިދިޔަ ހޯމަ ދުވަހު ކަނޑައަޅުއްވާފައިވާ ކަމަށާއި އަދި އެކަން ވީއެންމެ އަވަހަށް ފެށުމަށް އެ ރަށު ކައުންސިލުގެ ކިބައިން އެދިލެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!