ހދ.ނައިވާދޫއަކީ ރީތި ދޮންވެލި އަތިރިމައްޗަކާއި ރީތި ތިލަ ނޫ ފަޅެއް ލިބިގެންވާ ހިތްގައިމު ރަށެކެވެ. ރަށުގެ ރީތިކަމާއި ރަށުގެ ތިލަ ފަޅުގެ ހިތްގައިމުކަން އިތުރަށް އިޝްތިހާރުކޮށް، ނައިވާދޫއަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، ނައިވާދޫގައި މޫދުކުޅިވަރަށް ލޯބިކުރާ ފަރާތްތައް އިތުރުކޮށް، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެ ރަށު ޒަމާނީވިލާ މަންސޫރު އަލީ މިވަނީ އެ ރަށަށް މޫދު ކުޅިވަރު ތަޢާރަފް ކޮށްފައެވެ.
މިވަގުތު ނައިވާދޫ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރުގެ ވަޒީފާ އަދާކުރަމުން އަންނަ މަންސޫރު އަލީ މޫދު ކުޅިވަރަށް އޮންނަ ލޯބި "ތިލަދުން" އާއި ހިއްސާ ކުރަމުން ބުނެފައިވަނީ އެންމެ ކުޑައިރު ވެސް މޫދު ކުޅިވަރުތަކަށް ވަރަށް ލޯބިކުރާ ކަމަށެވެ.
މިގޮތުން ރިސޯޓްގައި ވެސް ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރުމުގެ ސަބަބުން އެކަމަށް އޮންނަ ލޯބި އިތުރުވެ، އަމިއްލަ ރަށުގައި މޫދު ކުޅިވަރު ތަޢާރަފްކޮށް ކުރިއަރުވަން ބޭނުންވީ ކަމަށެވެ.
Posted by Naivaadhoo Moodhu Kulhivaru on Thursday, November 12, 2020
10 ނޮވެމްބަރ 2020 ގައި ތަޢާރަފްކުރި މޫދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ބަނާނާ ރައިޑް، ފަން ޓިޔުބް ރައިޑް، ވެކްބޮރޑިންގެ އިތުރުން ކައިޓް ސާރފިންއެވެ. މަންސުރު އިތުރަށް ބުނެފައިވަނީ އިތުރު ކުޅިވަރުތަށް ކުރިއަށް އޮތްތާގައި ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Banana riding
Posted by Naivaadhoo Moodhu Kulhivaru on Wednesday, November 11, 2020
މިކަމަށް ލިބެމުންދާ ތަރުހީބު ހާމަކުރަމުން މަންސޫރު ބުނެފައިވަނީ މިކަމަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިގޮތުން މި ކުޅިވަރު ތަކުގައި ބައިވެރިވުމަށް ކައިރި ރަށްތަކުން ވެސް މީހުން އަންނަ ކަމަށެވެ. މަންސޫރު ޤަބޫކުކުރާ ގޮތުގައި ސްކޫލުތަކުގެ ކިޔެވުން ބަންދުވެ ޗުއްޓީވުމުން މިކަމަށް އޮންނަ ޑިމާންޑް ބޮޑުތަނުން އިތުރުވެގެން ދާނެއެވެ.
Posted by Naivaadhoo Moodhu Kulhivaru on Saturday, October 24, 2020
ނައިވާދޫ މޫދު ކުޅިވަރު (Naivaadhoo Moodhu Kulhivaru) ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހިންގަމުން އަންނައިރު އެ ޕޭޖް މެދުވެރިކޮށް ކުޅިވަރުތަކުގެ މަޢުލޫމާތާއި އަގުތަށް ވެސް ބަލައިލުމުގެ އިތުރުން އެ ޕޭޖައް މެސެޖް ކޮށްގެން ވެސް ބުކިން ހެއްދޭނެއެވެ. އަދި މީގެއިތުރުން މިކަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ 9728336 ނަމްބަރާއި ގުޅުމުން ލިބިގެން ދާނެއެވެ. އަދި މި ނަމްބަރަށް ގުޅައިގެން ވެސް ބުކިންގސް ހެއްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!