ށ.ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ.

ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫގައޖ އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ. މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

Ad
rt

ނ.މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުލް އިސްރާ އެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ. މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 09 ޖަނަވަރީ 2020 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

މިނިސްޓަރ މި ދެ މިސްކިތް ހުޅުވައިދެއްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.