ޒުވާނަކަށް ވަޅިން ހަމަލާދިނުމުން 28 އަހަރުގެ މީހަކު ކުޅުދުއްފުށި ސިޓީ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ތިލަދުން އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއަދުގެ 11:25 އެހާކަންހާއިރު ކުޅުދުއްފުށި ފިހާރެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

Ad
rt

ފުލުހުން އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމް ވެފައިވަނީ 22 އަހަރުގެ ފިރިހެނަކަށްކަމަށެވެ.

އެމީހާ އަށް ކުޅުދުއްފުށި ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުން. އޭނާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބިފައިވޭ،

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަޙްޤީގު ކުރަމުން އަންނަކަމަށެވެ.

މި މާރާމާރީ ހިނގާފައިވަނީ އެރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ބަރާބަރު ފިހާރައިގައެވެ.

މިހާދިސާއާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ފޭސްބުކްގައި ކުރެއްވި ޕޯސްޓްއެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މި ހިނގި ވަޅި ޖެހުމުގެ ހާދިސާ ތަހުޤީގުކޮށް އަވަސް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ މި ކަން ނުހުއްޓުވިއްޖެނަމަ މިރަށާއި މުޅި ތިލަދުންމަޗަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.