ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތުގެ ނަމުގައި ހއ. އިހަވަނދޫގައި މުބާރާތެއް ފަށައިފި އެވެ.

އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) ޖަމިއްޔާ ގުޅިގެން ބޭއްވޭ އަންހެނުންގެ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ.،

Ad
rt

މި ރަސްމިއްޔާތު ބާއްވާފައިވަނީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު އަދި ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން އިހަވަންދޫގައި އަލަށް ތަރައްޤީކުރެވުނު ވޮލީ ކޯޓުގައި ކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

މުބާރަތް ފެށުމުގެ ގޮތުން އަލަށް ތަރައްޤީ ކުރެވިގެން ދިޔަ ވޮލީ ކޯޓް އިފްތިތާހް ކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއި އަދި އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުގެ އެއް މުއައްސިސް މުޙައްމަދު ޢަބްދުﷲ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ އެން.ވީ.ކޭ. ޖަންގަލް އަދި ޤަބީލާ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި އެން.ވީ.ކޭ އަދި ޤަބީލާ ބައްދަލުކުރި މެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކޮށްފައިވަނީ އެން.ވީ.ކޭ އެވެ. މި މުބާރާތުގެ މެޗުތައް 7 ނޮވެމްބަރާ ހަމައަށް ކުރިއަށްދާނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެ އެވެ.

Council ai IMAGU ai gulhigen kuriah dhaa SEA KING speed boat service Women's volley mubaaraiyy feshun.
Furathama match gai bahdhalu kuri dhe team ge natheejaa.
NVK 3
Gabeela 2
Maruhabaa #NVK 👏👏👏

Posted by Secretariat of Ihavandhoo Council on Friday, October 30, 2020

މި މުބާރާތް ކުރިއަށް ގެންދިއުމުގައި ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަމަށްވެސް އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ.