މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ހާއްސަ ތަމްރީނުތަކެއް ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެމް.އެން.ޑީ.އެފް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2020 އޮކްޓޫބަރު 31 އިން 2020 ނޮވެންބަރު 02 އަށް އަދި 2020 ނޮވެންބަރު 06 އިން 2020 ނޮވެންބަރު 08 އަށް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ތަމްރީނު ކުރިއަށް ގެންދަން ނިންމާފައިވަނީ ލ.ކައްދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ޓުރެއިނިންގ ސެންޓަރުގައި ކަމަށާއި ތަމްރީނު ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ކަމަށްވެސް އެމް.އެން.ޑީ.އެފް އިން ކޮށްފައިވާ އިއުލާންގައި ބުނެފައިވެ އެވެ.

މި ތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާކަމަށް އާންމުންގެ މަޢުލޫމާތަށްޓަކައި ދަންނަވާފައި ވެއެވެ. އެގޮތުން ބޭނުންކުރާ ހަތިޔާރު ނުވަތަ ޕައިކޯޓެކްނިކްސް އަކީ ފިސްތޯލަ، ރައިފަލް، މެޝިންގަން އަދި ފްލޭޔާސް ކަމަށާއި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ދުރުމިނާކި 5000 މީޓަރު އަދި އުސްމިނަކީ 300 މީޓަރުކަމަށްވެސް ބުނެފައިވެއެވެ. އަދި ވައިގެ ސަރަހައްދު އެންމެ ތިރިން ބޭނުން ކުރާނީ ސީލެވެލް އިން ކަމަށާއި ވައިގެ ސަރަހައްދު ބޭނުން ކުރަމުން ގެންދާނީ ކައްދު ޓްރެއިނިންގ ސެންޓަރުގެ ރޭންޖްއިން އިރު ދެކުނަށް ކަމަށް ބުނެފައިވެއެވެ.