ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އއ. އުކުޅަހުގައި އޭޓީއެމްއެއް ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތް މެދުވެރިކޮށް، އުކުޅަހުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

Ad
rt

މި އޭޓީއެމްއަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއިއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނޭ އޭޓީއެމްއެއްކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ސެލްފް ސާވިސް އޭޓީއެމްތަކާއި ބޭންކިން ހިދުމަތްތައް ތައާރަފްކުރަން ވެސް އެ ބޭންކުން ވަނީ ނިންމާފަ އެވެ.

އުތުރުގެ 2 އަތޮޅަށް ބަލާއިރު ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ލިބެން ހުރީ ހއ އަތޮޅުގެ 5 ރަށެއްގައެވެ. ގައުމީ ބޭންކުން ހދ އަތޮޅުގެ 2 ރަށުގައި އޭޓީއެމްގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.