އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި އެވެ.
ޕޮމްޕެއޯ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފޮމްޕެއޯއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރަށްވާފައި އެވެ.
President @ibusolih welcomes US Secretary of State @SecPompeo to the Maldives, discusses enhancing the already strong bilateral relations between the two countries pic.twitter.com/VA2DskAW6l
— The President's Office (@presidencymv) October 28, 2020
މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެންދާނީ، ކޯވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، މި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުންނެވެ.
ޕޮމްޕެއޯގެ މި ދަތުރަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާ އެކު އުފައްދާފައިވާ "އިންޑޯ-ފެސިފިކް އެލަޔަންސް"ގެ ބައްދަލުވުމަކަށް އިންޑިއާއަށް ވަޑައިގަތްއިރު، މި ސަރަހައްދުގެ އެހެން ގައުމުތަކަށް ކުރައްވާ ދަތުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!