ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ބިލު ބަލައިގަތުމަށް އެންމެ ވޯޓެއް ލިބި، ބިލު މަޖިލީހުން ބޭރުވެއްޖެ އެވެ.

މިއަދު އޮތް މަޖިލިސްގެ ޖަލްސާގައި ވަނީ އެ ބިލުގެ އިބުތިދާއީ ބަހުސްވެސް ކުރިއަށް ގެން ގޮސްފައި އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވީ ޖާބިރުގެ އިތުރުން ދެ މެންބަރެކެވެ.

Ad
rt

އެ ބިލު ބަލައިގަތުމަށް ލިބުނީ ބިލު ހުށަހެޅުއްވި ޖާބިރުގެ ވޯޓު އަކަނި ކަމަށްވީއިރު، އެ ބިލު ބަލައި ނުގަތުމަށް 51 މެމްބަރަކު ވޯޓު ދެއްވި އެވެ.

މިއަދުގެ އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޖާބިރު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރު ކޯލިޝަންގެ ތެރެއިން ''އަދާވާތް ތެރީން'' ނާއިއެކު ވެރިކަމަށް އަންނަން ޖެހުނީ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށް ވިދާޅުވެފައި އެވެ. ޖާބިރު ވިދާޅުވީ ބަރުލަމާނީ ނިޒާމަކުން ކޯލިޝަނަށް ޤާނޫނީ ބާރުވެސް ލިބޭނެ ކަމަށެވެ.

ޖާބިރުގެ އިތުރުން އެ ބިލަށް ދެން ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ ބަލި މަޑުކަމުގެ މިވަގުތުގައި ބުއްދި ހަމަޖެހޭ މީހެއް އެފަދަ ބިލެއް ހުށައެއް ނާޅުއްވާނެ ކަމަށެވެ. ޝަރީފު ވަނީ ޖާބިރު އެބިލު ހުށަހެޅުއްވުމުން ވަރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ''އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު'' ބަލައިގެންފައި އެވެ.