ހއ. ދިއްދޫގައި ޢިމާރާތް ކޮށް ނިމިފައިވާ250 ހައުސިންގް ޔުނިޓު ރަޖިސްޓްރީ ހެދުމާއި، ބިމުގެ ދަފްތަރު އަދާ ހަމަ ކުރުމުގެ މަސައްކަތް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ފަށައިފިއެވެ.
ދިއްދޫ ކައުންސިލުން ޢާންމު ކުރި އިޢުލާނުގައިވާ ގޮތުން، އެ ރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގް ޔުނިޓްގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރި135 ހައުސިންގް ޔުނިޓާއި، ދެވަނަ ބުރުގައި ދޫކުރި110 ހައުސިންގް ޔުނިޓްގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތާއި، ބިމުގެ ދަފްތަރު އަދާ ހަމަކުރުމުގެ މަސައްކަތް ދަނީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަދި މި ރެޖިސްޓްރީ ހެދުމާއި، ދަފްތަރު އަދާ ހަމަކުރުމަށް އެ ރަށުގެ ކައުންސިލުން އަންގަވާފައިވާ ގޫގުލް ފޯރމް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް އެ އިޢުލާންގައިވަނީ އެ ކައުންސިލުން އެދިވަޑައިގެންފައެވެ. އަދި މި މަޢުލޫމާތު 31 އޮކްޓޯބަރ 2020 ގެ ކުރިން ހުށަހެޅުއްވުމަށްވެސް ވަނީ މި އިޢުލާންގައި އެދިވަޑައިގެންފައެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެ ރަށު ކައުންސިލުން ވަނީ މި ހައުސިންގް ޔުނިޓު ތަކުގެ މަރާމާތު ފައިސާވެސް ދޫކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!