ށ. މިލަންދޫގައި "އެސް.ވައި.އެސް ފިއުލްސް" މިއަދު ހުޅުވައިފި އެވެ.

އެސް.ވައި.އެސް ފިއުލްސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ. ރަސްމީކޮން އެތަން ހުޅުވައިދެއްވީ މިލަންދޫ ސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް އެވެ.

Ad
rt

މިއަދު 4:00 އިން 6:00 އަށް އެސްވައިއެސް ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅައިދީފައިގަނީ މުޅިން ހިލޭކަމަށް އެފަރާތުން ހާމަ ކުރެއެވެ.

އެސްވައިއެސްގެ ފަރާތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން މުޙައްމަދު ޝިމާލު ވިދާޅިވީ މިއީ މިލަންދޫގައި ފުޅުފުޅިއަށް ޕެޓްރޯލް އަޅައިގެން ވިއްކާ ވިއްކުމަށް ނިމުމެއް ގެނައުމަށް އެރަށުގެ ރައްޔިތުން އެދެމުން ދާތީ އެކަމަށް ހައްލެއް ގެނައުމަށް ފަހުގެ ޒަމާނީ ހައްލެއް ގެނެސްދިނުން ކަމަށެވެ.

އެރަށު މަލަތެރޭގެ، ނާޒު ގޯޅީ ގައި ހުޅުވުނު ފިއުލް ޝެޑްގެ ޚިދުމަތް ދިނުމަށް ހުޅުވިފައި ހުންނާނީ ހުކުރު ދުވަހު މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް އަދި އެހެން ދުވަސްތަކުގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ލިބެމުންދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މިއީ މިލަންދޫގައި މިގޮތަށް ހުޅުވުނު ފުރަތަމަ ފިއުލް ޝެޑް އެވެ. މިފިއުލްޝެޑްގެ ސަބަބުން އެރަށު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.