ރާއްޖޭގައި 2022 ވަނަ އަހަރު ބޯހިމެނުން ބޭއްވުމަށް ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

ސަރުކާރުން މިކަން އިޢުލާން ކޮށްފައިވަނީ ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހާއި ގުޅިގެން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމެވެ.

Ad
rt

މިކަމާއި ގުޅިގެން މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ، 2022 ވަނަ އަހަރު ބޯހިމަނަން ނިންމައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި މި ބޯހިމެނުން ފުރިހަމަ ވާނީ ރާއްޖޭގެ ހުރިހާ އެންމެންގެ ވެސް ބައިވެރިވުމާއެކު ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް 1931 ވަނަ އަހަރާ ހިސާބުން އާބާދީގެ ބޯހިމެނުމަށް މެދުކެނޑުމެއް އަ އެވެ. އަލުން އެ މަސައްކަތް ފެށީ 1946، 1953 އަދި 1957 ގައެވެ. އޭގެ ފަހުން ދެން ބޯ ހިމެނުން މެދު ކެނޑުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ.