ދުނިޔެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 40 މިލިއަނުން މައްޗަށް

photo_2020-10-19_21-10-45

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 40 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އަދިވެސް ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، ބައެއް ޤައުމުތަކުން ބައެއް ވެކްސިންތައް މިހާރު ބޭނުން ކުރަމުން ދިޔަނަމަވެސް، އެދެވޭ ފަރުވާއެއް މިހާތަނަށް ދުނިޔޭގެ އާބާދީއަށް ފޯރުކޮށް ދިނުމަށް ދުނިޔެ ވަނީ ނުކުޅެދިފައި އެވެ.

މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދުބާރު މިނެއްގައި އިތުރުވަމުން ގޮސްފައިވާކަން ފާހަގަ ކުރެވޭއިރު މިހާތަނަށް މިބަލި ޖެހުނު 40 މީހުންގެ ތެރެއިން 30 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

19 އޮކްޓޯބަރު 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 8:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 40,413,289
މަރުވި މީހުންގެ ޢަދަދު: 1,119,959
ރަނގަޅުވި މީހުންގެ ޢަދަދު: 30,171,887

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އަދިވެސް އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 224,816 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,392,254 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 5,463,313 މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 7,555,776 މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާއެވެ. އެ ޤައުމުން ވަނީ 114,714 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 6,667,565 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ ބްރެޒިލްއެވެ. އެ ޤައުމުން 5,235,344 މީހުން ޕޮޒިޓިވްވެ، 153,905 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 4,650,030 މީހުންނެވެ.

ޤައުމުތަކުގެ މާލީ ދަތިތަކާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ގިނަ ޤައުމު ތަކަކުން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި