ޔޫއެއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެރޭ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އަދި އައިސްލެންޑް ބައްދަލުކުރިމެޗް 2-1ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ.

މެޗްގެ ތިންގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ މެޗްގެ 9 ވަނަ މިނިޓްގައި އިންޓަމިލާންގެ ސްޓްރައިކަރ ލުކާކޫ ކާމިޔާބުކޮށްދިން ގޯލުނުނެވެ. މެޗްގެ 17 ވަނަ މިނިޓަގއި ސައެވަސަން ވަނީ އައިސްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މުޗުން ބެލްޖިއަމް މޮޅިވިގޯލް މެޗުގެ 39 ވަނ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ލުކާކޫއެވެ. މިގޯލަކި ބެލްޖިއަމްއަށް ލިބުނު ޕެނެލްޓީއަކުން ލުކާކޫ ކާމިޔާބުކޮށްދިން ގޯލެކެވެ.

Ad
rt

އައިސްލެންޑްކޮޅަށް ލުކާކޫ ކާމިޔާބުކޮށްދިން ދެގޯލާއިއެކު ލުކާކޫ ބެލްޖިއަމްގެ ޤައުމީ ތީމަށް ކާމިޔާބުކޮށްދިން ގޯލްތަކުގެ އަދަދު މިހާރުވަނީ 55ށް އަރާފައެވެ.

މިގުރޫޕްގައި ދެން ހިމެނޭ އަނެއް ދެޓީމަ ކަށްވާ އިންގްލަންޑް އަދި ޑެންމާކް ބައްދަލުކުރިމެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ޑެންމާކެވެ. މެޗުގެ ހަމައެކަނި ގޯލް ޑެންމާކްއަށް ކާމިޔާބުކޮށްދިނި 35 ވަނަ މިނިޓަގައި ލިބުނު ޕެނެލްޓީއަކުން އެރިކްސަންއެވެ. ރޭގެ މެޗަކީ އެރިކްސަން ޑެންމާކްގެ ޤައުމީޓީމަށް ކުޅުނު 100 ވަނަ މެޗެވެ. އަދި ރޭގެ މެޗުގައި ކާމިޔާބުކުރި ގޯލަކީ ޑެންމާކްގެ ޤައުމީޓީމަށް އެރިކްސަން ކާމިޔާބުކޮށްދިން 34 ވަނަ ގޯލެވެ.

މިމެޗްގެ ބޮޑުބައި އިންގްލަންޑްއިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 31 ވަނަ މިނިޓްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މިގުއަރ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާދަނޑުން ފޮނުވާލާފައެވެ.ގެ ދެކުޅުނުތެރިންނަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލަފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތުގެ ތެރޭގައި ޗެލްސީ ޑިފެންޑަރ ޖޭމްސްއަށްވެސް ވަނީ ރަތް ކާޑުއައްކާފައެވެ.

ބެލްޖިއަމް، އިންގްލަންޑް، ޑެންމާކް އަދި އައިސްލެންޑް ހިމެނޭ ގުރޫޕްގައި ކޮންމެ ޓީމެއްވެސް މިހާރު ހަތަރުމެޗް ކުޅެފައިވާއިރު ގުރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއިއެކު ބެލްޖިއަމް އޮތްއިރު ދެވަނައިގައި އޮތް ޑެންމާކް އަދި ތިންވަނައިގައި އޮތް އިންގްލަންޑްއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ޑެންމާކް ކުރީގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ގުރޫޕްގެ ފުލުގައި އޮތް އައިސްލެންޑް ވަނީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ.