ޔެއެފާ ނޭޝަންސް ލީގު: އިންގްލަންޑް ގުރޫޕްގެ އެއްވަނައަށް.

UEFA Nations League England Groupge Evvana ah

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް ފަހަތުން އަރައި ބަލިކޮށް އިންގްލެންޑްއިން ގުރޫޕްގެ އެއްވަނައަށް އަރައިފިއެވެ.

ޔޫއެފާ ނޭޝަންސްލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންގްލަންޑްމޮޅުވީ 2-1 ގެ ނަތިޖާއަކުންނެވެ. މެޗްގައި ބެލްޖިމްގެ ހަމައެކަނި ގޯލް ލިބުނު ޕެނެލްޓީއަކުން ކާމިޔާބޮކޮށްދިނީ އިންޓަރ މިލާންގެ ސްޓްރައިކަރ ލުކަކޫއެވެ.

ބެލްޖިއަމްއަށް ލިބުނު ޕެނެލްޓީއަކީ އިންގްލަނޑްގެ ޕެނެލްޓީ އޭރިއާ ތެރެއިން ޑިފެންޑަރ އެރިކް ޑަޔަރ ލުކާކޫއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ. އިންގްލެންޑް ކޮޅަށް ލުކާކޫ ކާމިޔާބުކުރި ގޯލާއިއެކު ބެލްޖިއަމްގެ ސީނިއަރ ޤައުމީޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 53 ށް ވަނީ އަރާފައެވެ.

އިންގްލެންޑްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ 36ވަނަ މިނިޓްގައެވެ. މިގޯލަކީ އިންގްލަނޑްގެ ޑިފެންޑަރ ހެންޑަސަންއަށް ކުރިފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ. ރަޝްފޯޑްގެ ގޯލާއިއެކު ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމް އެއްވަރުވެގެންނެވެ. އިންގަލެންޑް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗްގެ 64 ވަނަ މިނިޓްގައި ޗެލްސީގެ މިޑްފީލްޑަރ މައުންޓް ކާމިޔާބުކޮށްދިން ގޯލުންނެވެ.

މިގުރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމުގައިވާ އައިސްލެންޑް އަދި ޑެންމާކް ބައްދަލުކުރި މެޗް ފަސޭހަކަމާއިއެކު 3-0 ން ކާމިޔާބުކުރީ ޑެންމާކެވެ. ޑެންމާކްގެ ފުރތަމަ ގޯލަކީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އައިސްލެންޑްގެ ސިގަރޖޯންސަންގެ ފަރާތުން ބައިކޮޅަށްވަން ގޯލެކެވެ. ޑެންމާކްގެ ދެވަނަ ގޯލް މެޗްގެ 46 ވަނަ މިނިޓްގައި ކްރިސްޓަން އެރިކްސަން ކާމިޔާބު ކޮށްދިންއިރު މެޗްގެ ފަހުގޯލް 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރޮބަރޓް ސްކޯވްއެވެ.

ގްރޫޕްގެ އެއްވަނައިގައި އިންގްލެންޑް މިވަގުތު އޮތީ ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗުން މޮޅުވެ އެއްމެޗް އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓާއިއެކުއެވެ. ދެވަނައިގައި ބެލްޖިއަމް އޮތީ ތިންމެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކްއަށް ތިންމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އައިސްލެންޑްއޮތީ ކުޅުނު ތިން މެޗްއިންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *