ޔުކްރެއިން ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފުރތަމަ މޮޅު ޖަރުމަނުން ހޯދައިފިއެވެ. ޔޫކްރެއިންގެ ކިޔެވް އޮލިމްޕިޗް ސްޓޭޑިއަމްގައި ކުޅުނު މެޗް ޖަރުމަނުން ކާމިޔަބުކުރީ 2-1 ނަތީޖާއަކުންނެވެ. ހޮނިހިރު ދުވަހުގެރޭގެ މެޗުގެ ކުރިން ޖަރުމަނުން ނޭޝަންސް ލީގު ތަޢާރަފް ކުރިފަހުން ކުޅުނު ހަމެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ.
މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގިންޓަރއެވެ. ދެވަނަ ގޯލް ފަހު ހާފް ފެށިގެން ހަތަރުވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގޮރެޓްޒްކާއެވެ. ޔޫކްރެއިންގެ ހަމައެކަނި ގޯލް ލިބުނު ޕެނެލްޓީއަކުން މެޗްގެ 70 ވަނަމިނިޓްގައި ކާމިޔާބުކޮށްދިނީ މަލިނޮވްސްކީއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ސަޕޯޓަރުން ސްޑޭޑިއަމްތަކަށް ވެއްދުން މަނާކޮށްފައި ބޭއްވުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަށް ވަނީ ހަތްދިހަ ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް ސިއްހީ އިދާރާތަކުގެ ހުއްދައާއިއެކު %30 މިހުން ކަމުގައިވާ ވިހި ހާސް ސަޕޯޓަރުންނަށް ސްޓޭޑިއަމަށް ވަދެ ވަގުތުން މެޗް ބެލުމުގެ ފުރުސަތުދީފައެވެ.
ޖަރުމަނުން ޔޫކްރެއިން ބަލިކޮށް ލިބުނު ތިން ޕޮއިންޓާއިއެކު މިވަގުތު އޮތީ ސްޕެއިންގެ ފަހަތުން ގުރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ސްޕއިން ވަނީ 1-0 އިން ސްވިޓްޒަރލެންޑް ބަލިކޮށްފައެވެ. މެޗްގެ ހަމައެކަނި ގޯލް 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އޮޔަޒަބާލއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!