ޤަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ކޮލިފިކޭޝަންސްގެ ދެކުނު އެމެރިކާ ޒޯންގެ މެޗްތައް ބުރާސްފަތި ދުވަހުގެރޭ ފަށާފައިވާއިރު ފުރަތަމަ ކުޅުނު މެޗްތަކުން އާޖެންޓީނާ އަދި އުރުގުއޭ ވަނީ މެޗްތައް ކާމިޔާބުކޮށްފައެވެ.
އާޖެންޓިނާ އަދި އިކުއެޑޯ ބައްދަލުކުރި މެޗް އާޖެންޓީނާ ކާމިޔާބުކުރި 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނިގޯލް ޖަހާފައިވަނީ މެޗްގެ 13 ވަނަ މިނިޓްގައެވެ. މިގޯލަކީ އާޖެންޓީނާއަށް ލިބުނު ޕެނެލްޓީއަކުން ކެޕްޓަން މެސީ ކާމިޔާބުކޮށްދިން ގޯލެކެވެ. އިކުއެޑޯ ކޮޅަށް ކާމިޔާބުކޮށްދިން ގޯލާއިއެކު މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކާމިޔާބިކޮށްދިން ގޯލްގެ އަދަދު ވަނީ 71ށް އަރާފައެވެ.
ރޭ އުރުގުއޭ އަދި ޗިލީ ބައްދަލުކުރި މެޗު އުރުގުއޭ ކާމިޔާބުކުރި 2-1 ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް އުރުގުއޭއަށް ކާބިޔާބުކޮށްދިނީ މެޗްގެ 39ވަނަ މިނިޓްގައެވެ. މި ގޯލަކީ ޗިލީގެ ޕެނެލްޓީއޭރިއާތެރެއިން ޗިލީ ކުޅުންތެރިއެއްގެ އަތުގައި ބޯޅަޖެހުމުގެ ސަބަބުން ލިބުނު ޕެންލެޓީއަކުން ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ގޯލެކެއެވެ. ޕެންލްޓީއެއްކަމުގައި ރެފްރީ ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައެވެ.
ދެވަނަ ހާފް ފެށިގެން މެޗްގެ 54ވަނަ މިނިޓްގައި ޗިލީން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޗިލީގެ ގޯލް ކާމިޔާބުކޮށްދިނީ އިންޓަމިލާންގެ ފޯވަޑް އެލެކްސިސް ސަންޗޭޒެވެ. އުރުގުއޭއަށް ތިން ޕޮއިންޓް ކަށަވަރުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރުވަގުތު ތެރޭގައި މެކްސި ގޮމޭޒެވެ.
ދެކުނު އެމެރިކާ ޒޯންގައި ކުޅުނު އަނެއްމެޗްގައި ޕެރޫ އަދި ޕެރެގުއެ ބައްދަލުކުރި މެޗް ނިމުނީ 2-2ން ދެ ޓީމް އެއްވރު ވެގެންނެވެ. ޕެރޫގެ ދެގޯލް މެޗްގެ 52 އަދި 85 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެންދްރޭ އެވެ. އަދި ޕެރެގުއޭގެ ދެގޮލް މެޗްގެ 66 އަދި 81 ވަނަމިނިޓްގައި ކާމިޔާބުކޮށްދިނީ ރޮމިރޯއެވެ.
ދެކުނު އެމެރިކާ ޒޯންގައި ޖުމްލަ 10 ޓީމް ވާދަކުރާއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމް ކޮލިފައިވާއިރު ފަސްވަނަ ޓީމަށް ވޯލްޑްކަޕްއިން ޖާގަ ލިބެޏީ އިންޓަޒޯން ޕްލޭއޮފގައި ވާދަކޮށް ކާމިޔާބުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!