މައި ޚަބަރަށް ދިޔުމަށް

ދިއްދޫ ޕޮލިސް ކްލަސްޓާ: ހައިރިސްކް 5 ސާމްޕަލް، 16 މީހުން އެކަހެރި ކޮށްފި

ޔުމްނާ ޢަލީ 08:02
ދިއްދޫ ޕޮލިސް ކްލަސްޓާ: ހައިރިސްކް 5 ސާމްޕަލް، 16 މީހުން އެކަހެރި ކޮށްފި

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނެނީ ހައިރިސްކް 5 މީހުން ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ދިއްދޫގައި ހުންނަ ހއ. ހޮސްޕިޓަލުން ރޭ ބުނީ ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނޭ ހައިރިސްކް 5 މީހުންގެ ސާމްޕަލްތައް ނެގިފައިވާ ކަމަށެވެ. އަދި އެރަށުން އެ ކްލާސްޓާއާއި ގުޅުން ހުރި 16 މީހެއް މިހާރު އެކަހެރި ކުރެވިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. މިމަހުގެ […]

Ad

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނެނީ ހައިރިސްކް 5 މީހުން ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ދިއްދޫގައި ހުންނަ ހއ. ހޮސްޕިޓަލުން ރޭ ބުނީ ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނޭ ހައިރިސްކް 5 މީހުންގެ ސާމްޕަލްތައް ނެގިފައިވާ ކަމަށެވެ. އަދި އެރަށުން އެ ކްލާސްޓާއާއި ގުޅުން ހުރި 16 މީހެއް މިހާރު އެކަހެރި ކުރެވިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

Ad
rt

މިމަހުގެ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސްމީހާ ދިއްދޫއަށް ވެސް ދަތުރުކޮށްފައިވާތީ، ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މި މަހުގެ 6 އަދި 7 ވަނަ ދުވަހު ދިއްދޫއިން 29 މީހަކު ކޯވިޑަށް ޓެސްޓް ކޮށްފައެވެ.

މިގޮތުން ނެގުނު ސާމްޕަލްތަކުން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ ރޭގައި އެވެ. އެ 3 މީހުންނަކީ ވެސް ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހުންނެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ޕޮޒިޓިވްވި ފުލުސްމީހާ ދަތުރުކުރި ރަށްތަކުގެ ތެރެއިން އުތުރުގެ 3 އަތޮޅުން އިތުރު 94 ސާމްޕަލް އިއްޔެ ވަނީ ނަގާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހއ. ހޯރަފުށިން 8 ސާމްޕަލާއި، ދިއްދޫއިން 29 ސާމްޕަލާއި، ކުޅުދުއްފުށީ ސިޓީއިން 23 ސާމްޕަލާއި، ށ.މިލަންދޫއިން 2 ސާމްޕަލާއި، ފޯކައިދޫއިން 6 ސާމްޕަލާއި، ކަނޑިތީމުއިން 2 ސާމްޕަލް އަދި ފުނަދޫއިން 24 ސާމްޕަލެވެ.

ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެސިޓީއިން ނެގި 10 ސާމްޕަލްގެ ތެރެއިން އިތުރު 2 ފުލުހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އިތުރު ލިޔުންތައް ކިޔާލަން ކަހާލާ

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!

މިލިޔުމާއި ގުޅޭގޮތުން ތިޔަބޭފުޅާއަށް ފެނުނުތަނާއި ތަޖުރިބާ އަދި ޚިޔާލު ހިއްސާކުރައްވާ!
Ad
alied text
އެންމެ ފަހުގެ ލިޔުންތައް