ހއ. އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޮލިސް ސާރވިސަސް އާއި ހަވާލުކޮށްފި އެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ހއ. އަތޮޅުގައި އެއްރަށެއްގައި އެއްމެ ގިނަ ރައްޔިތުން އުޅެމުން އަންނަ އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ނިންމާ އެކަމަށްބޭނުންވާ ބިން ވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސާފައިވާކަމަށެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގެ ޖާގައިގެ ތަނަވަސްކަން ކުޑަވުމާއި، އިތުރު ވަޞީލަތްތައް ގާއިމް ކުރުމަށް ދަތިވުމާއި، ޕޮލިހުންގެ އަދަދު އިތުރު ކުރެވޭނެ ޖާގަ ނެތުމުން، އައު ޕޮލިސް އިމާރާތެއް ހޯދުމަށް އެދި އިހަވަންދޫ ޕޮލިހުން އަންނަނީ އެކައުންސިލްގައި ތަކުރާރުކޮށް އެދެމުންކަމަށެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ދާޚިލީ ވަޒީރު އައްޝައިޚު އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އިހަވަންދޫ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި، އައު ޕޮލިސް ސްޓޭޝަނެއް އަޅުއްވާދެއްވާނެކަމަށްވަނީ ވިދާޅުވެފަ
އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ.
Maldives Police Service ge faraathun ihavandhoo gai elhumah hamajehifaiva au police imaarathah beynunva bimuge registry miadhu havaalu kurevijje.
Posted by Secretariat of Ihavandhoo Council on Sunday, October 4, 2020
ދުނިޔެއަށް ދިމާވި ޚާޢްސަ އިޤްތިޞާދީ ހާލަތައި ގުޅިގެން މި މަސައްކަތަށް މަޑުޖެހުމެއް އައިސްފާވީ ނަމަވެސް، މި އިމާރާތް އެޅުމަށް ކުރަންޖޭހޭ އިދާރީ މަސައްކަތްތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގެންދަވީ ކުރަވަމުންކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
މިއީ، މިފަދަ ބޮޑު އާބާދީއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖްތިމާއީ ގުޅުންވަރުގަދަ ކުރުމަށް، ފުލުހުންނަށް ލިބޭ އިތުރު ލުއިފަސޭހައަކަށް ވެގެން ދާނެކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!