އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި

E1443D3B-468B-4A4C-940C-A288B2E2ECC4

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި އެވެ.

މިއީ އިންޑިޔާގެ ކޮޗިންއިން ކުޅުދޫފުއްޓާއި ދެމެދު މިމަހުގެ 21 ވަނަ ދުވަހު ފެށި ކާގޯފެރީން ގެނައި ސިމެންތި ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކާގޯފެރީގައި އެސްޓީއޯއިން ގެނައި 500 ޓަނުގެ ސިމެންޓި ބާޒާރަށް ނެރެ ވިއްކަން ފަށާފައިވަނީ މިއަދު އެވެ. އެސްޓީއޯ އިން ބުނެފައިވަނީ ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިއަދުން ފެށިގެން ވިއްކަމުންދަނީ 90 ރުފިޔާއަށް ކަމަށެވެ.

އެސްޓީއޯއިން ބުނީ ކާގޯފެރީގެ ހިދުމަތް އެންމެ ރަނގަޅަށް ބޭނުންކޮށް، ކުޅުދުއްފުށީ ސަރަހައްދަށް މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ކާގޯފެރީން ތަފާތު އެކި ބާވަތްތަކުގެ މުދާ އެތެކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއި އެކު ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި މުދާ އަގުހެޔޮވެގެންދާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި