އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފިއެވެ.
އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނެސްފައިވަނީ އިއްޔެ ހަވީރު ގެ ވަގުތެއްގަ އެވެ.
މި ޖަނަރޭޓަރ ބެހެއްޓި ހިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން މައުލޫމާތު ދެއްވައެވެ.
ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، ބޮޑު ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތާއި، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. މީގެ އިތުރުންވެސް އެރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އަލަށް މި ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓާއެކު މި ދިޔަ 2 އަހަރުތެރޭ 3 ޖަނަރޭޓަރ ސެޓް އިހަވަންދޫއަށްވަނީ ގެނެވިފައެވެ. އަދި އަލަށް ގެނެވުނު ޖަނަރޭޓަރ ސެޓަކި ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ.
Sukurihyaa Ibrahim Mohamed Soalih
Sukurihyaa Ihavandhoo Shifauއުންމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން
...Posted by Muhammed Abdullathef on Tuesday, September 29, 2020
އިހަވަންދޫގައި އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމްކޮށް ތަރައްޤީ ކޮށްދެއްވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ.
އިހަވަންދޫގެ ކުރިއަރަމުން އަންނަ އިޤުތިސާދާއެކު ކަރަންޓުބޭނުންކުރާ މިންވަރު ދަނީ ބާރުސުޕީގައި އިތުރުވަމުން.
ރައްޔިތުންނަށް ޙިދުމަތްދިނުމަށްޓަކައި އިހަވަންދޫއަށް 1 މެގަވޯޓްގެ ޖެނެރޭޓަރ ސެޓެއް ގެންގޮސްފި.މީ މިސަރުކާރުން އިހަވަންދޫއަށް ގެންދިޔަ 3 ވަނަ ޖެނެރޭޓަރ. @TeamFenaka pic.twitter.com/pWCNYTueFx
— MP Mohamed Shifau (@mhshifau) September 30, 2020
އިހަވަންދޫގެ ކުރިއަރަމުން އަންނަ އިޤުތިސާދާއެކު ކަރަންޓުބޭނުންކުރާ މިންވަރު ދަނީ ބާރުސުޕީގައި އިތުރުވަމުން. ރައްޔިތުންނަށް ޙިދުމަތްދިނުމަށްޓަކައި އިހަވަންދޫއަށް 1 މެގަވޯޓްގެ ޖެނެރޭޓަރ ސެޓެއް ގެންގޮސްފި. މީ މިސަރުކާރުން އިހަވަންދޫއަށް ގެންދިޔަ 3 ވަނަ ޖެނެރޭޓަރ
އިހަވަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!