ހއ. ހޯރަފުށިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެއިދާރާއިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ 2020 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ހުރި ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ޕޮޒިޓިވް ވެފައިވަނީ ހޯމްކަރަންޓީންގައިވާ ފަރާތެއްކަމުގައި ވީނަމަވެސް، މިޙާލަތުގައި ގެއިން ބޭރަށް ނުކުމެ އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމަށް އިލްތިމާސްކުރަމެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހއ. އަތޮޅުން ކުރިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ހދ. ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ހއ. ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާއިރު، ރޭ ވަނީ ހދ. ކުޅުދުއްފުށިން ކޯވިޑް ޕޮޒިޓިވް 2 ކޭސް ފެނިފައެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ ދިހަ ހާހުން މައްޗަށް އަރާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!