Skip to main content

ޝީޒާ މުހައްމަދު

Viewer
🇲🇻 ތިލަދުން Desk
8 Stories
0 Reads

Published on ތިލަދުން (Thiladhun) by ޝީޒާ މުހައްމަދު

ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ހޯރަފުށިން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ހޯރަފުށިން މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެއިދާރާއިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ 2020 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ހުރި ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 01 ފަރާތެއްގެ ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައ...

މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައ...

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު
Thiladhunmathi News

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު

2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށަކުން ހދ ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ މާވައިދޫއާއި، ފަރިދޫއާއި ކުނބުރުދޫގެ ރައްޔިތުންނެވެ. 2019 ވަނަ އަހަރާ ހަމައަށް އައިއިރު، މި ތިންރަށުގެ ތެރޭގައި އަދިވެސް ސަރުކާރުން ރަށް ބަދަލުކުރުމާ ގުޅިގެން ދޭން ހަމަޖެހިފައިވާ ގެތައް ނުލިބޭތީ ނޮޅިވަރަންފަރަށް ރަޖިސްޓްރީ ބަދަލުނުކުރާ ބަޔަކު އެބަ ތިއްބެވެ. މިމީހުންގެ ރަށްވެހިކަން އަދިވެސް އޮތީ މީހުން ބަދަލުކުރުމަށްފަހު ފަޅުރަށްރަށުގެ ގޮތުގައި...

ބޮޑު ތިލަދުންމަތި: ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ އަތޮޅު
Report

ބޮޑު ތިލަދުންމަތި: ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ އަތޮޅު

ބޮޑު ތިލަދުންމައްޗަކީ އެންމެ އިހުޒަމާނުގައި 13 އަތޮޅަކަށް ރާއްޖެ ބަހާފައި އޮތް އިރު، މަލިކު އަތޮޅާ ޖެހިގެން ރާއްޖޭގެ އެންމެ އުތުރަށްވާ އަތޮޅެވެ. މި 13 ބަޔަކީ ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ގޮތަށާއި މީހުން އާބާދުވެފައިވާ ގޮތަށް ބަލައި ބަހާފައިވާ ބައިތަކެކެވެ. ހަމައެކަނި ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާނަމަ މިއަށްވުރެ ކުދި ބައިތަކަށް އަތޮޅުތައް ބެހެއެވެ. ޖުމްލަކޮށް 26 ބަޔަކަށް ޤުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅުތައް ބެހިގެންވެއެވެ. ޤުދުރަތީގޮތުން އަތޮޅަކީ ކޮބައިތޯ ބަލާއިރު،...

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!
Report

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ...

ތިލަދުންމަތީގައި މަސައްކަތްތެރިންގެ ތަޢުލީމާއި އާމްދަނީ ހުރި މިންވަރު
Report

ތިލަދުންމަތީގައި މަސައްކަތްތެރިންގެ ތަޢުލީމާއި އާމްދަނީ ހުރި މިންވަރު

މުޖުތަމައެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްކަމަކީ ތަޢުލީމެވެ. އަދި ހަމަ އެހެންމެ ތަރައްޤީވެ ކުރިއަރައިދާ ޤައުމުތަކުގައި ތަޢުލީމަށްދޭ އަހައްމިއްޔަތު އިތުރުވާތަންވެސް ފެނިގެން ދެއެވެ. ތަޢުލީމީ ފެންވަރު މަތިވުމުން އެވްރެޖްކޮށް ލިބޭ އާމްދަނީވެސް އިތުރުވެގެންދެއެވެ. މިއީ އިޤްތިޞާދީ މާހިރުން އެންމެ އިހުއްސުރެ ލަފާކޮށްފައިވާ ކަމެއްނަމަވެސް ތަޢުލީމާއި އާމްދަނީއާއި ހުރި ގުޅުމުގެ މައްޗަށް ދިރާސާތައް ކުރެވި ތަޢުލީމަށް ކުރެވޭ ޚަރަދުތައް އިތުރުވާންފެށީ 20 ވަނަ ޤަރުނުގެ ތެރޭގ...

ތިލަދުންމަތީގެ އާބާދީއާއި ހިޖުރަކުރުން
Report

ތިލަދުންމަތީގެ އާބާދީއާއި ހިޖުރަކުރުން

ބޮޑުތިލަދުންމައްޗަކީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތައް ބަހާފައިވާ ތޭރަ ބަޔަށް ބަލާއިރު އެންމެ އުތުރުގެ އަތޮޅެވެ. އިދާރީގޮތުން ތިލަދުންމަތި ބަހާފައިވާ ދެބައިގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރި (ހދ އަތޮޅު) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 13 ރަށުގައެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ އަތޮޅު) ގައިވެސް މީހުން ދިރިއުޅޭ 14 ރަށެއް އޮވެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް ދިރިއުޅޭ އާބާދީ […]

”މާވައިދޫ މީހުންނަކީ ނުކިޔަވާ ބައެކެވެ“
Column

”މާވައިދޫ މީހުންނަކީ ނުކިޔަވާ ބައެކެވެ“

“މާވައިދޫ މީހުންނަކީ ނުކިޔަވާ ބައެކެވެ” މިއީ ތިލަދުންމައްޗަށް ނިސްބަތްވާ މާވައިދޫ ރައްޔިތަކަށް ވީތީ އެހެން ރަށްރަށުގެ މީހުންގެ ދުލުން މަދުން ނަމަވެސް އިވޭ ބަސްކޮޅެކެވެ. ތެދެކެވެ. 2010 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކުރުމާ ހަމައަށް އެރަށުގައި ކިޔަވައިދިނީ އެންމެ މައްޗަށް ގްރޭޑް ހަތަކަށެވެ. އިނގިރޭސި ބަހުން ފިލާވަޅުތައް ނަގައިދެވޭނެ ޓްރެއިންޑް ޓީޗަރެއް ނެތެވެ. އެވްރެޖްކޮށް ގިނަ ޢާއިލާތަކަށް ލިބޭ އާމްދަނީ ކުޑައެވެ. ގިނަ ޢާއިލާތަކަށް މަޖުބޫރުވީ މާލެއަށް ނުވަތަ ކުޅުދުއްފުއްޓަށް ހިޖުރަކުރާށެވެ. ތަ...