ނޮޅިވަރަމްވެސް މޮނީޓަރިން އަށް

20200805_012354

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ހދ. ނޮޅިވަރަމްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފާޅު ބޯޓު މިއަދު އެރަށަށް ގޮސްފައިވާތީ އެވެ. ފާޅު ބޯޓު އެރަށް ގޮސްފައިވަނީ މާލެ ދިއުމަށްފަހު މުދާ ހިފައިގެންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި ނޮޅިވަރަމުން ބަޔަކު އެބޯޓަށް އަރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނޮޅިވަރަމް މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ. އެލިއުމުގައި ބުނެފައިވަނީ 25 ސެޕްޓެމްބަރު 2020، 20:48 ގައި ނޮޅިވަރަމް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

އެލިއުމުގައި ބުނެފައިވަނީ މޮނިޓަރ ކުރެވިފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ، ކުޅުދުއްފުށީ ބޯޓެއްގެ ކުރޫއަކު އަލާމާތްތައް ހުރެގެން ޓެސްޓު ކުރިއިރު ކޯވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. އެއާއިއެކު ޕޮޒިޓިވުވި ކުރޫގެ ކޮންޓެކްޓު ޓުރޭޒިން ނިމެންދެން ކުޅުދުއްފުށި ސިޓީ އާއި އަދި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެރަށް އެރުން ވަނީ މަނާ ކުރެވިފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި