ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވް ވެފައިވަނީ ފާޅު ބޯޓުގެ ކެޕްޓަންއެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 25 ސެޕްޓެމްބަރު 2020، 20:45 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.
ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައި
ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައި ވެއެވެ.
މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ.
އެލިއުމުގައި ބުނެފައިވަނީ މޮނިޓަރ ކުރެވިފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ، ކުޅުދުއްފުށީ ބޯޓެއްގެ ކުރޫއަކު އަލާމާތްތައް ހުރެގެން ޓެސްޓު ކުރިއިރު ކޯވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. އެއާއިއެކު ޕޮޒިޓިވުވި ކުރޫގެ ކޮންޓެކްޓު ޓުރޭސިން ނިމެންދެން ކުޅުދުއްފުށި ސިޓީ އާއި އަދި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ބޯޓް މާލޭން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިއަދު ހެނދުނު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!