މޫލީގެ "ބިގް ޑިވައިސް ސޭލް" ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް

Moolee Big Device Sale

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިއްކާ ފޯނާއި އެކްސަސަރީޒުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނީ މިޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާ އެކު މާކެޓްގައި ލިބެން ހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންއާއި ގުޅޭގޮތުން އޫރިދޫއިން ބުނީ މި ދުވަސްކޮޅަކީ ކުރިއަށް ވުރެ ބޮޑަށް ޑިޖިޓަލްކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާ އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށާއި މޫލީގެ "ބިގް ޑިވައިސް ސޭލް" އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުކަމަށެވެ.

މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް އަދި އޮޕޯގެ މަގްބޫލް ފޯނުތައް ގަނޭވޭނެ، ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން 15 ޕަސެންޓާ ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާ އެކު ފެންނަން ހުންނާނެ

އުރީދޫން ބުނެފައިވެއެވެ.

މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގް އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.

އުރީދޫން އަންނަނީ މޫލީ ޕްލެޓްފޯމު މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މުޅި ރާއްޖެ އަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މި ޕްލެޓްފޯމު މެދުވެރިކޮށް ލިބޭނެ އެވެ.

މޫލީ އަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށް، ހިލޭ ވެއާހައުސް ހިދުމަތް ލިބޭ ޕްލެޓްފޯމެކެވެ. މި ހިދުމަތްތަކާއެކު، ވިޔަފާރިވެރިންނަށް އެ ބައެއްގެ އުފެއްދުންތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފަ އެވެ.

އޮންލައިންކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް، ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ މީހަކަށް ވެސް މޫލީން އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، އެ ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، މިހާރަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެ އެވެ.

އިއްޔެ ފެށި މިޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި